03 Dec 2017, 16:26
އިނގިރޭސިވިލާތުގެ ނޫސް ޓެލެގްރާފްގެ ކިޔުންތެރިންގެ މެދުގައި ދެވަނައަށް އެންމެ މަގުބޫލުު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.
"ޓެލެގްރާފް ޓްރެވަލް އެވޯޑްސް"ގެ އެންމެ މަގުބޫލު މަންޒިލު ހޮވުމަށް 87220 ކިޔުންތެރިން ވޯޓް ދީފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.
ޓެލެގްރާފް ކިޔުންތެރިންގެ މެދުގައި ދެވަނައަށް އެންމެ މަގުބޫލު މަންޒިލުގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ރާއްޖެ އަންނަނީ ދަމަހައްޓަމުންނެވެ. މި ލިސްޓުގެ އެެއް ވަނަ 2012 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އަންނަނީ ނިއު ޒިލެންޑެވެ.
އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް މަންޒިލެވެ. މި އަހަރުގެ މިހާތަނަށް އެގައުމުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 9301 އަށް އަރަ އެވެ.