ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ތިން ގުޑްވިލް އެމްބަސަޑަރުން މިއަދު ހަމަޖައްސައިފި އެވެ.

އެ އެމްބަސަޑަރުން ހަމަޖައްސައިފައި ވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ.

އެ ތިން 'ގުޑްވިލް' އެމްބަސަޑަރުންނަކީ ޒިހުނަތު ހަސަން، އަންސަމް އަހްމަދު އަދި މަރިޔަމް ސަޒްނީ އެވެ.

އެ ތިން އެމްބަސަޑަރުންނަކީ ވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހަމަޖައްސާފައިވާ އެމްބަސަޑަރުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގައުމީ ފެންވަރުގެ އެވޯޑް ހާސިލް ކުރައްވާފައިވާ ތިން ބޭފުޅުން ކަމަށެވެ.

ރަސްމިއްޔާތުގައި އެމްބަސަޑަރުން ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރަނީ---

"މި ތިން ފަރާތްތަކަކީ ވެސް އަމިއްލަ ހައިސިއްޔަތުން އެ ދާއިރާގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކެއް. އުންމީދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ގިނަ މަސައްކަތްތަކެއްކޮށް އެކަމަށް ރަނގަޅު ކުރިއެރުމެއް ހޯދުން." މިނިސްޓަރު ވިދާޅުވި އެވެ.