03 Dec 2017, 08:59
ޔޫޓިއުބުގެ ޑާޓާ ސޭވިން ވާޝަން "ޔޫޓިއުބް ގޯ" ސައުތު އީސްޓް އޭޝިއާގެ އިތުރު މާކެޓުތަކަށް ތައާރަފްކޮށްފިއެވެ.
މެލޭޝިއާ، ތައިލެންޑް، އިންޑޮނޭޝިއާ އަދި ވިއެޓްނާމަށް މި ވާޝަން ތައާރަފްކޮށްފައިވާ އިރު، މިއީ އެ ގައުމެއްގެ އިންޓަނެޓް ސްޕީޑާ އެއްވަރަށް ވީޑިއޯ ބަލާލެވޭނެ އެޕްލިކޭޝަނެކެވެ.
އެގޮތުން "އޮފްލައިން ވިއުއިން މޯޑް" ބޭނުންކޮށްގެން ވައިފައި މެދުވެރިކޮށް ވީޑިއޯ ޑައުންލޯޑްކޮށް ފަހުން ބަލާލެވޭނެ ކަމަށާއި ކުރިން މި އެޕްލިކޭޝަން ތައާރަފްކުރި އިރާ އަޅާ ބަލާއިރު މި ވާޝަން އިން ޑައުންލޮޑްކުރާ ވީޑިއޯތަކުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށް ޔޫޓިއުބުން ބުނެއެވެ.
ޔޫޓިއިބް ގޯ އަކީ އިންޑިއާ ފަދަ ގައުމުތަކުގައި މަގުބޫލު އެޕްލިކޭޝަނެކެވެ. ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ ސްރީލަންކާ، ސެނެގާލް އަދި ޔުގެންޑާއަށް ވެސް މި އެޕްލިކޭޝަން ލިބޭނެ ގޮތް ހެދުމަށް ޔޫޓިއުބުން ވަނީ ނިންމައިފައެވެ.