01 Dec 2017, 21:09
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެންމެ އުތުރުން ހއ، ހދ އަދި ށ. އަތޮޅަށް ޔެލޯ އެލާޓް ދަމަހައްޓައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، މި ތިން އަތޮޅަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ އިރު، މި ސަރަހައްދުގެ ރަށްރަށަށް ވެސް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
އެންމެ އުތުރުގެ ރަށްރަށަށް ޔެލޯ އެލާޓް ނެރެފައިވާ އިރު، އުތުރުގެ އަތޮޅުތަކުގެ މަސްވެރިން މަހަށް ނުނިކުތުމަށާއި، ކަނޑު ދަތުރު ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.