އިންޑިއާ ކަނޑުގައި އުފެދިފައިވާ އޯޗީ ތުފާނާ ގުޅިގެން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާއަށް އަސަރުތަކެއް ކުރަމުންދާތީ، އެ ދެގައުމަށް ގުޅުމަށް ދިރާގުން ހާއްސަ ރޭޓެއް ކަނޑައަޅައިފި އެވެ.

ދިރާގުން ބުނީ، އެ ދެ ގައުމަށް މިއަދާއި މާދަމާ ހާއްސަ ރޭޓެއްގައި ދިރާގުގެ ކަސްޓަމަރުންނަށް ގުޅޭނެ ކަމަށެވެ.

އެގޮތުން އިންޑިއާއަށް މިނެޓަކަށް 99 ލާރީގެ ރޭޓުން ގުޅޭނެ ކަމަށާއި، ލަންކާއަށް މިނެޓަކު ދެ ރުފިޔާގެ ރޭޓުން ގުޅޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެ ދެ ގައުމަށް ގުޅުމަށް ހާއްސަ ރޭޓެއް ކަނޑައެޅީ، އެ ދެ ގައުމުގައި އުޅޭ މީހުންނަށް ފަސޭހަކަމާ އެކު ގުޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ދިރާގުގެ އިތުރުން ތޫފާނާ ގުޅިގެން އެ ދެ ގައުމަށް ގުޅުމަށް ހާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.