01 Dec 2017, 01:53
އިންޑިއާ ކަނޑުގައި އުފެދިފައިވާ އޯޗީ ތުފާނާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށާއި އިންޑިއާއަށްއަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާތީވެ އެ ދެގައުމަށް ގުޅުމަށް ހާއްސަ ރޭޓެއް އުރީދޫއިން ކަނޑައަޅައިފިއެވެ.
އުރީދޫއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އިންޑިއާއާ ދިމާލަށް ދަތުރުކުރަމުންދާ ތޫފާނު އޯޗީ އާއި ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ ރޭޓެއް ކަނޑައަޅާފައިވާ ކަމަށެވެ.
އުރީދޫއިން ބުނީ މިއަދާއި މާދަމާގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގެ ދަށުން، މިނެޓަކަށް 2.09ރ. ގެ ރޭޓުން ލަންކާއަށް ގުޅޭއިރު، މިނެޓަކަށް 0.99ރ.ގެ ރޭޓުން އިންޑިއާއަށް ގުޅޭނެ ކަމަށެވެ.
ލަންކާއަށް އެރި ކޮޅިގަނޑު ތޫފާނާކަށް ބަދަލުވެފައިވާއިރު އޭގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކޮންމެވެސް ވަރަކަށް ކުރަމުންނެވެ. އެގޮތުން ކަނޑުމަތީގެ 16 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި މިއީ ފަހުގެ ތާރީހުގައި ވެސް މިއީ އެންމެ ގިނައިން އެއް ދުވަހަކު މައްސަލަ ހުށަހެޅި ދުވަސް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.