30 Nov 2017, 22:59
އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދާ އޯޗީ ތޫފާން އިންޑިއާގެ ޓްރިވެންޑްރަމް ސަރަހައްދަށް އަރައި 200 މަސްވެރިން ގެއްލިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ ސަރުކާރުން މިހާރު ވަނީ ގެއްލުނު މީހުން ހޯދުމަށާއި އަދި އެ ސަރަހައްދުގައި އިންސާނީ އެހީތައް ފޯރުކޮށްދިނުމުގެ ގޮތުން އަސްކަރީ މަނަވަރުތައް ފޮނުވައިފައެވެ.
އިންޑިއާގެ މީޓޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނި ގޮތުގައި އޯޗީ މިހާރު ދަތުރުކުރަމުން ދަނީ މަލިކާ ދިމާއަށް ކަމަށާއި އަދި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ އެ ތޫފާން އިތުރަށް ބާރުގަދަވުމުގެ ފުރުސަތު އެބައޮތެވެ.
ޓްރިވެންޑްރަމް އެރި ތޫފާނުގައި މިހާތަނަށް ވަނީ ހަތަރު މީހުން މަރުވެފައެވެ. ގަަދަ ވަޔާއި ބޯ ވިއްސާރައިގެ ސަބަބުން ކެރެލާގެ އާންމް ދިރިއުޅުން މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.
އޯޗީ ތޫފާނުގައި ކެރެއްލާގެ ދަނޑުބިންތަކާއި ގޭގެއިތުރުން މުވާސަލާތީ ހިދުމަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މަގުތައް ވެސް ވަނީ ފެންބޮޑުވެފައެވެ.
ކެރެއްލާ އިން މިހާރު ތައްޔާރުވަމުންދަނީ އެންމެ ބޮޑަށް އަސަރުކުރަމުންދާ އައްސޭރިފަށުގައި ދިރިއުޅޭ އާއިލާތައް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށެވެ.