ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދިފައިވާ ތޫފާން އޫޗީއާ ގުޅިގެން ވައިގަދަވަމުން އަންނާތީތީވެ، އުސްއިމާރާތްތަކުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް ގައުމީ ދިފާއިބާރު (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އުސްއިމާރާތްތަކުގައި ދިރިއުޅުއްވާއިރު ރަނގަޅަށް ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގަދަވައިގައި ދޮރުތައް ވިއްސައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގެ ސަބަބުން މީހުންނަށާއި ގެދޮރަށް ގެއްލުުން ލިބުމުގެ ފުރުސަތު އޮތްކަން ވެސް އެމްއެންޑީއެފުން ބުންޏެވެ.

އުސް އިމާރާތްތަކުގެ ޓެރެސްގައި ހުންނަ ގަސްތަަކާ މެދު ރައްކާތެރިވެތިބުމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ލާންކާއަށް އެރި ކޮޅިގަނޑު ތޫފާނާކަށް ބަދަލުވެފައިވާއިރު އޭގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކޮންމެވެސް ވަރަކަށް ދަނީ ކުރަމުންނެވެ. އެގޮތުން ކަނޑުމަތީގެ 14 މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށާއި މިއީ ފަހުގެ ތާރީހުގައި ވެސް މިއީ އެންމެ ގިނައިން އެއް ދުވަހަކު މައްސަލަ ހުށަހެޅި ދުވަސް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.