30 Nov 2017, 21:30
ތޭރަ މީހުންނާއެކު ށ. ފުނަދޫއިން ށ. މާއުނގޫދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ. އެ ހާދިސާގައި ކަނޑުވި އެންމެން ވަނީ ސަލާމަތްވެފައެވެ.
ލޯންޗު ބަންޑުން ޖަހާލާފައި ވަނީ މާއުނގޫދޫ ފަޅަށް ވަންނަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދިފައިވާ އޯޗީ ތޫފާނާ ގުޅިގެން، އެ ތޫފާނުގެ އަސަރު ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެ ތޫފާނުގެ އަސަރު ސީދާކޮށް، ރާއްޖެއަށް ނުކުރި ނަމަވެސް، ވިއްސާރައިގެ ބޯ ވިލާތަކާއެކު ރާއްޖެއަށް ވަނީ މޫސުން ގޯސްވެފައެވެ. މޫސުން ގޯސްވެ، ގަނޑުގަދަވެ، ގަދަވަޔާއެކު ވިއްސާރަ ކުރަމުންދާތީ ސަލާމަތީ ބާރުތަކުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނިއްޔާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.