އާސެނަލްގެ ޕްލޭމޭކާ ސަންތި ކަޒޯލާގެ ފަޔަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ތައްޔާރުވެފައި ވަނިކޮށް އަނެއްކާ އިތުރު އޮޕަރޭޝަނަކާ އެކު އިންތިޒާރުކުރާން ޖެހިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ސްޕެއިން މިޑްފީލްޑަރުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އޭނާ އަށް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. އަދި އެ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކައިވެރިވެފައި ވަނިކޮށް ކުރަންޖެހުނު އިތުރު އޮޕަރޭޝަނަކާ އެކު މިވަނީ އޭނާގެ "ރިހޭފައިމައްޗަށް ފޮއިވެއްޓިފަ"އެވެ.

ކަޒޯލާކުރި ޓްވީޓެއްގައި ބުނީ، "ކުޅުމުގެ ތެރެއަށް އެނބުރި އަންނާން އޮތް ދުވަސް މިވަނީ އަނެއްކާ ވެސް ފަސްކުރާން ޖެހިފައި" ކަމަށެވެ. އޭނާ ބުނީ ކްލަބާ އެކު ރަނގަޅު ކުޅުމެއް ދައްކަން ކެތްމަދުވެފައި ހުއްޓައި އިތުރު އޮޕަރޭޝަނެއް ކުރާން ޖެހުނީ ކަމަށެވެ.

މިދިޔަ އަހަރު ކަޒޯލާގެ ފަޔަށް ލިބުނު އަނިޔާއަށް ފަހު މިދިޔަ ޖޫންމަހާ ހަމައަށް އޭނާގެ ފައި ވަނީ އައްށްފަހަރު އޮޕަރޭޝަން ކޮށްފަ އެވެ. މި ހިނގާ ނޮވެންބަރު މަހުގެ ތެރޭގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމުގެ އުންމީދުގައި ހުރި ކަޒޯލާ ބުނީ، 2016/17 ސީޒަނަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވެސް އައި އެންމެ ބަނަ ދުވަސްތައް ކަމަށެވެ.