އެފްރިކާ އަށް ނިސްބަތްވާ އެތައް ހާސް ރެފިއުޖީންނެއް ލީބިއާގައި މަރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލްޖަޒީރާ ބުނާގޮތުން ލީބިއާގައި ދިރިއުޅޭ އެފްރިކާގެ އެތައް ރެފިއުޖީންނަށް އަންނަނީ ޖިންސީ އަނިޔާ ކުރިމަތި ވަމުންނެވެ. އަޅުންގެ ގޮތުގައި އެ މީހުން ވިއްކުމުންދާ ކަމަށާއި، ޖިންސީ އަނިޔާތަކުގެ ސަބަބުންވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާކަަށް ރިޕޯޓުތައް ބުނެއެވެ.

ސަބްހާ އަކީ އެފްރިކާއިން އެތެރެވާ ރެފިއުޖީން ލީބިއާ އަށް އެންމެ ގިނައިން މީހުން އެތެރެވާން ބޭނުން ކުރާ ސަރަހައްދެވެ. އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު އަނިޔާވެރިކަމާއެކު މަރަމުންދާ ކަމަށާއި، މަރުވެފައިވާ މީހުންގެ ހަށިތައްވެސް އެތައް މިތަނަށް އުކާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މަރަލާފައިވަނީ ކޮންބައެއްކަން ނޭނގޭގޮތަށް މީހުން ވަޅުލަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ގާނާ، ނައިޖީރިއާ، ކެމަރޫން، ގޭމްބިއާ އަދި ސޫދާން އިން ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެވުމަށް ލީބިއާ ހުރަސްކުރެއެވެ. ނަމަވެސް އެމީހުންގެ މަންޒިލަށް ވާސިލްވުމުގެ ކުރިން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެ، ޖިންސީ އަޅުންގެ ގޮތުގައި އުޅެންޖެއެވެ.

(އަލްޖަޒީރާ)