30 Nov 2017, 12:06
ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ސްރިލަންކާގައި އުފެދެމުން އަންނަ ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނގު އުތުރަށް ޖެހެމުން ދާއިރު އޭގެ ވިލާތަކުގެ އަސަރުކޮށް ރާއްޖެއަށްވެސް ގަދަވަޔާ އެކު ބޮޑަށް ވިއްސާރަކުރަމުން އަންނަ ކަމަށެވެ.
ކޮޅިގަނޑު އަދިވެސް އިތުރަށް ބާރުގަދަ ވަމުން އަންނަ ކަމަށާއި ކޮޅިގަނޑުގެ މިސްރާބު ހުރީ ލަންކާ، ދެކުނު އިންޑިއާގެ ހުޅަނދު އުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ ވައިގަދަވެ ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެތީ މޫސުމަށް ސަލާމުވެގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ.