ކުޅަދާނަ ޑައިރެކްޓަރު މޯހިތް ސޫރީގެ އާ ފިލްމްގައި ޝަރްދާ ކަޕޫރު އަދި އަދިތްޔާ ރޯއީ ލީޑް ރޯލުގައި ހަރަކާތްތެރިކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ބުނެފި އެވެ.

މޯހިތް ބުނީ އޭނާގެ އާ ފިލްމްގައި އޭނާ ބޭނުން ވަނީ އެ ދެތަރިން ހިމަނަން ކަމަށާއި ސަބަބަކީ ދެ ތަރިންގެ ކެމިސްޓްރީ ގުޅުމުން ކަމަށެވެ.

"އާޝިގީ2"ގެ ކާމިޔާބީ އަށް ފަހު ރޯހިތު ބުނީ އެ ފިލްމް ވެސް ގިނަ ބަޔަކަށް ކަމުދިޔައީ އެ ދެތަރިން ހަރަކާތްތެރި ވީމާ ކަމަށެވެ.
ފިލްމްގެ މާ ބޮޑު މަސައްކަތެއް އަދި ކުރެވިފައި ނުވި ނަމަވެސް ފިލްމްގެ ސްކްރިޕްޓް ލިޔެ ނިމުމުން އެންމެ ފުރަތަމަ ވެސް ދާނީ އަދިތްޔާ ކައިރިއަށް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މިވަގުތު މިކުރަނީ ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް. ވަރަށް ތަފާތު ރީތި ފިލްމަކަށް މި ފިލްވާނެ. އަދި ފިލްމްގެ އަސްލު ރީތިކަން ފެނިގެންދާނީ އެ ދެތަރިން ފިލްމުގައި ބައިވެރިކުރެވިއްޖެ ނަމަ. ސްކްރިޕްޓް ލިޔެ ނިމުނުހާ އަވަހަކަށް އަހަރެން ދާނަން އެ ދެތަރިން ކައިރިއަށް. ފިލްމް ކުޅެން އެއްބަސްވެސް ކުރުވާނަން،" އޭނާ ބުންޏެވެ.

"އާޝިގީ 2"ގެ ފަހުން ޝްރައްދާ ވަނީ މޯހިތުގެ ދެ ފިލްމެއްގައި ލީޑް ރޯލް ކުޅެފަ އެވެ. އެއީ "އޭކް ވިލަން" އާއި "ހާފް ގާލްފްރެންޑް" އެވެ. މި ދެ ފިލްމްވެސް ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު ދެ ފިލްމަށެވެ.

މައުލޫމާތު: ޑޭކަން ކްރޯނިކަލް