30 Nov 2017, 10:50
ޔޯގަޓަކީ އާންމުކޮށް ޑައިޓެއްގައި ހިމަނައިގެން ކާން ބޭނުން ކުރާ އެއްޗެއް ނަމަވެސް، އޭގައި އެކުލެވޭ ނިއުޓްރިޝަންސް އަކީ ހަންގަނޑަށް ވެސް ފައިދާހުރި އެއްޗެކެވެ.
ކެއުމުގެ އިތުރުން ގައިގެ ހަންގަނޑަށް ބޭނުންކުރާ ގުދުރަތީ ކޮސްމެޓިކް އެއްގެ ގޮތުގައި ވެސް ޔޯގަޓް ބޭނުން ކުރެވިދާނެ އެވެ. ޔޯގަޓްގައި ވިޓަމިން ޑީ، ކެލްސިއަމް، ޕްރޮޓީން އެކުލެވެ އެވެ. މީގެ އިތުރުން ޔޯގަޓް އަކީ މޫނުގައި ހުންނަ ޑެޑް ސްކިން ސެލްސްތައް ނައްތާލައި މޫނު އަލިކޮށްދޭނެ އެއްޗެކެވެ. ސެންސެޓިވް ހަންގަނޑުތަކަށް ވެސް ޔޯގަޓް ބޭނުން ކުރެވޭނެ އެވެ.
މޫނުގައި ޔޯގަޓް އުނގުޅުމުން (ޔޯގަޓް ފޭސްމާސްކް) މޫނުގެ ހަންގަނޑަށް ގިނަ ބަދަލުތައް އަންނާނެ އެވެ. އެގޮތުން މޫނުގެ ހަންގަނޑު މަޑުވާނެ އެވެ. މޫނުގައި ޔޯގަޓް އުނގުޅުމަށް ފަހު 10 ވަރަކަށް މިނެޓް ބަހައްޓާފައި މޫނު ދޮވެލާށެވެ.
މޫނުގައި ހުންނަ ލަކުނުތައް ފިލުވައިލުމަށް ވެސް ޔޯގަޓް އަކީ ހައްލެކެވެ. މީގެ އިތުރުން ޔޯގަޓް އަކީ ހަންގަނޑު އަލިކޮށްދީ، ހަމުގެ މައްސަލަތަކަށް ވެސް ހައްލު ގެނެސްދޭނެ އެއްޗެކެވެ.
އިރުގެ އަވިން މޫނުގެ ހަންގަނޑަށް ލިބޭ ގެއްލުންތަކަށާއި ހަންގަނޑުގައި ހުންނަ "އަން އީވެން ސްކިން ޓޯންސް"ތައް ނައްތާލުމަށް ވެސް ޔޯގަޓް ބޭނުން ކުރާށެވެ.
ޔޯގަޓް ފޭސް މާސްކްގެ ގޮތުގައި ބޭނުން ކުރާނީ ޕްލެއިން ޔޯގަޓެެވެ.