30 Nov 2017, 09:56
ކަޕިލް ޝަރުމާ ޕްރޮޑިއުސްކޮށް އޭނާ އެކްޓްކޮށްފައިވާ "ފިރަންގީ" ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައި ވަނިކޮށް ފިލްމުގެ ބަތަލާ އިޝީތާ ދައްތާ އަދި "ލައިފް އޯކޭ" ޗެނަލް އިން ދެއްކި ޑްރާމާ ސިލްސިލާ" ބާޒީގަރު"ގައި ހަރަކާތްތެރިވި ވަޓްސަލް ޝޭތާއާ ކައިވެނިކޮށްފި އެވެ.
ވަޓްސަލް އާއި އިޝިތާ އާ ދެތަރިން ރަށްޓެގިވެގެން ގިނަ ދުވަސްތަކެއް އެއްކޮށް ހޭދަކޮށްފައިވީ ނަމަވެސް މި ދެތަރިންގެ ގުޅުން ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ވަރަށް ސިއްރުކޮށެވެ.
އީޝިތާ އާއި ވަޓްސަލްގެ ކައިވެންޏަށް މަޝްހޫރު ތަރިންތަކެއް އައިސްފައިވާ އިރު ކައިވެނި ހަފްލާ ބާއްވާފައި ވަނީ ވަރަށް ކުލަގަދަ ގޮތަކަށެވެ.
ދެހާސް ސާދަ ވަނަ އަހަރު ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "އޭކް ހަސީނާ ތީ"ގައި ވަޓްސަލް ވަނީ ލީޑް ރޯލު ކުޅެފަ އެވެ.
ވަޓްސަލް އެންމެ ފުރަތަމަ މަޝްހޫރުވީ ސޮނީ ޗެނަލުން ދެއްކި "ޖަސްޓް މުހައްބަތު" ކިޔާ ސިލްސިލާއަކުންނެވެ.
މައުލޫމާތު: އެންޑީޓީވީ