22 May 2010, 15:33
19:00
ޑީއާރުޕީގެ އިސް ބޭފުޅުންގެ ވަފުދަކާ އެކު ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިލާލީގޭގައި މިއަދު ހަވީރު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
ނައިބު ރައީސްއާ ބައްދަލުކުރެއްވި ޑީއާރުޕީގެ އިސް ބޭފުޅުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ތިން ނައިބު ރައީސުން ކަމުގައިވާ އަލީ ވަހީދާއި އުމަރު ނަސީރާއި އިލްހާމް އަހުމަދުގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފާއި އަހުމަދު ނިހާން ހުސެން މަނިކެވެ.
މި ބައްދަލުވުމަށްފަހު، ހިލާލީގެ ވަލުދޮރާށިން ނުކުންނަވައި އެ ބޭފުޅުން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ ބައްދަލުވުމަކީ ގައުމުގައި ހިނގާ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްލުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. ހަވީރު ސަޔެއްގެ ގޮތުގައި އޮތް އެ ބައްދަލުވުމަށް ދައުވަތު ދެއްވީ ނައިބު ރައީސް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ހިލާލީގޭގައި އޮތް ސައިފޮދުގެ މެނޫ އަކީ ކޮބައިތޯ ސަންއެފްއެމުން ދެންނެވުމުން އަލީ ވަހީދު ވިދާޅުވީ "ޑިމޮކްރަސީ" ކަމަށެވެ.