Last Updated: 8 year 12 month ago

ސްރީލަންކާ ކައިރީގައި މިއަދު އުފެދުނު ގޮޅިގަނޑާއެކު އެ ގައުމަށް ރެޑް އެލާޓް ނެރެފައި ވަނިކޮށް، ދިވެހިން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުރާޅު އެއްލާލާފައި ވަނީ އެންމެ ގިނަ ދިވެހިން ދިރިއުޅޭ ދެހިވަލަ ސަރަހައްދުގައި ހުރި ގެއެއްގެ އެވެ. އެ ހާދިސާގައި އެ ގެއަށް ގެއްލުންތަކެއް ވިޔަސް، މީހުން ދިރިނޫޅެވޭ ވަރަށް އެ ގެއަށް މާބޮޑެތި ގެއްލުނަތަކެއް ނުވާ ކަމަށެވެ.
ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު "ސަން"އަށް މިރޭ ވިދާޅުވީ ދިވެހިންގެ ހާލަތު އެ އެމްބަސީން ކައިރިން ބަލަމުންދާ ކަމަށެވެ.
ލަންކާ ކޮޅިގަނޑާ ގުޅިގެން، ބޯހިޔާވަހިކަމެއް ފޯރުކޮށް ދޭންޖެހިއްޖެނަމަ، އެކަން ކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިން ދިރިއުޅޭ ސަރަހައްދުތަކުގައި ކަރަންޓު ނެތްތާ ވަރަށް ގިނައިރުވެފައިވާ ކަމަށާއި މިފަދަ ހާލަތެއްގައި އެއީ މެދުވެރިވެދާނެ ގޮތެއް ކަމަށެވެ. އަދި ވިދާޅުވީ ލަންކާގައި ތިބި ދިވެހިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ދޭންޖެހޭ މެސެޖުތައް ދިވެހިންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮނޅިގަނޑުގެ ނުރައްކާތެރިކަމުގައި ރެޑްއެލާޓް ނެރެފައިވާއިރު، ވަރަށް ވައި ގަދިވި ކަމަށާއި އަދި ބޯކޮށް ވިއްސާރަ ވެސް ކުރި ކަމަށެވެ. ވައި ގަދަވީ 70 މޭލަށް ކަމަށާއި ނަމަވެސް މިހާރު ވައި މަޑުވެފައިވާ ކަމަށާއި ނަމަވެސް ކޮންމެ ވެސް ވަރަކަށް ވާރޭ ވެހެމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރަށް ޗެލޯ އެލާޓް ނެރެފި
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑާއެކު ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެހި، އަދި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ޔެލޯ އެލާޓް ނެރެފި
އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ދެމެދަށް
- އެލާޓް ދެމި އޮންނާނީ މިރޭ މެންދަމު 3:00 އިން ހެނދުނު 8:00އަށް
އެލޯ އެލާޓަކީ މޫސުން ގޯސްވެ، އާންމު ހާލަތަށް ވުރެ ވައި ގަދަވެ، ވިއްސާރަވުމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ ތައްޔާރީ ހާލަތުގައި ތިބުމުގެ ގޮތުން ނެރޭ އެލާޓެއް.
ރާއްޖޭގެ ދެ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
ވައި އެލާޓް ނެރުނު ދެ ސަރަހައްދު:
ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް
- ހުވަދު އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށް