އަވައްޓެރި ސްރީލަންކާއަށް އެރި ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް)އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އިރުއިތުރުން ސްރީލަންކާ ކައިރީގައި މިއަދު އުފެދުނު ކޮށިގަނޑުގެ ހދ. އިން އިން ފެށިގެން ރާއްޖޭގެ ހުޅަނގު އުތުރަށް ދާ ދިއުމުގައި ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ކަނޑުގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.