އުރީދޫގެ ސުޕަނެޓް ފިކްސްޑު ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް ތައާރަފްކޮށް، ހާއްސަ އޮފާ އެއް ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ، ކުޅުދުއްފުއްޓަށް ސުޕަނެޓް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފް ކުރީ 100 އެމްބީޕީއެސް އާ ހަމައަށް ކަމަށެވެ.

އަދި އެ ހިދުމަތާއެކު ތައާރަފް ކުރި އޮފާގެ ދަށުން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އުރީދޫގެ ސުޕާނެޓްގެ ހިދުމަތް ހިޔާރު ކުރައްވާ މީހުންނަށް، ފުރަތަމަ ތިން މަހުގެ މަހުފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

"ޒަމާނީ ތަރައްގީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އުރޫދީއިން ސުޕަނެޓް ކުޅުދުއްފުއްޓަށް ތައާރަފް ކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ޕެކޭޖް ތަކާއެކު އެވެ.

އެގޮތުން، ކުޅުދުއްފުއްޓަށް ސުޕަނެޓްގެ ހިދުމަތް ހިޔާރު ކުރާ ކަސްޓަމަރުންނަށް، އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނީ މާކެޓުގެ އެންމެ ރަނގަޅު އަގު ތަކުގައެވެ.

އަދި ސުޕަނެޓްގެ ހިދުމަތް ހިޔާރު ކުރެއްވުމަށް އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން، އުރީދޫ އިންވަނީ ސުޕަނެޓް ރައުޓާ ގަތުމަށް ހާއްސަ 12 މަހުގެ އިންޓަނެޓް ޕެކޭޖެއް ވެސް ތައާރަފް ކޮށްފަ އެވެ.