ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ތިން ޓީވީ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ދިރާގުން މިރޭ ނެރުނު ބަޔާނެއްގައިބ ބުނީ، ޓީވީ ޕެކޭޖްތަކާ އެކު ތަފާތު އެތައް ޑިޓިޓަލް ވެލިއު އެޑެޑް ފީޗާ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ގެސްޓްހައުސް އޮޕަރޭޓާ ސާވިސް، ރޫމް ސާވިސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން އަދި ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ގެސްޓްހައުސް ޓީވީގެ ޔޫޒާ އިންޓަފޭސް އެ ގެސްޓްހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ ފިކްސްޑު ބުރޯޑްބޭންޑު ނެޓްވޯކު ގާއިމުކޮށްފައިވާ ރަށްރަށުގައި ހިންގަމުންދާ ކޮންމެ ގެސްޓުހައުސް އަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަލަށް ތައާރަފު ކުރެވުނު ގެސްޓްހައުސް ޓީވީގެ ސަބަބުން ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަށް ހުޅުވިގެންދާނެ،" ދިރާގުން ބުންޏެވެ.

ދިރާގު ގެސްޓްހައުސް ޓީވީ ހިދުމަތަކީ ގެސްޓްހައުސްތަކަށް ހާއްސަ ޓީވީ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްގެން ރާއްޖޭގައި ތައާރަފުކޮށްފައިވާ މިފަދަ ފުރަތަމަ ހިދުމަތެވެ.