29 Nov 2017, 17:52
މީހެއްގެ ގަޔަށް ވަޅި ހަރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު މާލެއިން މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިއަދު ހަވީރު 4:45 އެހާކަންހާ އިރު އެ ދެ ޒުވާނުން ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގުމަށް ބޭނުންކުރި ވަޅިއާއެކުގަ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މައްޗަންގޮޅީގައި ހުންނަ ރެޑްވޭވް ފްލާޒާ ކުރިމަތިންނެވެ.
"އެ ދެ މީހުން ގެންގުޅުނީ ކަޅު މުއްގަނޑުލީ ވަޅިއެއް. އެއީ އާންމުކޮށް ބަދިގޭގައި ބޭނުންކުރާ ވައްތަރުގެ ވަޅިއެއް،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

މީހެއްގެ ގަޔަށް ވަޅިހަރަން އުޅުނު ދެވަނަ މީހާ ހައްޔަރުކޮށްފައި --- ފޮޓޯ: ކިޔުންތެރިއެއް
މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި ފުލުހުން އެ މީހުން އަތުލައިގަތީ ބާރު ސްޕީޑުގައި ސައިރަން އަޅާފައި ވެހިކަލްގައިގޮހެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މިއަހަރުގެ މިނާތަނަށް ވަނީ ގިނަ އަދަދެއްގެ ގޭންގު މާރާމާރީތައް ހިންގައި ބައެއް މީހުން މަރާފައިވެސް ވެ އެވެ.