ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށަކާއި ދެ ފަޅެއް އިތުރު ކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހދ. ކުޑަފަރުފަސްގަނޑާއި އެ އަތޮޅު ކުޑަމުރައިދޫ އަދި ކޭލަކުނު ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހދ. އަތޮޅުގެ ދެ ފަޅެއް ވެސް އެ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ.

މީގެ ކުރިން ވެސް ފަތުރުވެރިކަމަށް ތަރައްގީކުރަން ކުޑަމުރައިދޫ ވަނީ ދީފަ އެވެ. ކުޑަމުރައިދޫ ތަރައްގީކުރަން ޖޭ އެޗް ރިސޯޓްސްއަށް ދިނުމަށް ފަހު 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.

ފަތުރުވެރިކަމަށް ހދ. އަތޮޅުން ފަސް ސަރަހައްދެއް ކަނޑައަޅާފައިވާ އިރު ހދ. އަތޮޅުގައި ޓުއަރިމްގެ އެއްވެސް ރިސޯޓެއް މިހާތަނަށް ހުޅުވައިފައެއް ނުވެ އެވެ.