29 Nov 2017, 14:30
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުރި އަބްދުލް ހަމީދު އަބްދުލް ސަމަދު އެ މަގާމުން އިސްތިއުފާދެއްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި 2014 ވަނަ އަހަރު އައްޔަންކޮށް، ފަހުން ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ބަދަލު ކުރެއްވި ހަމީދު ޖޭޕީ އަށް ސޮއި ކުރެއްވީ މިއަދު އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގަ އެވެ.
ޖޭޕީ އަށް ސޮއި ކުރުމަށްފަހު ހަމީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ތައުލީމީ ޒުވާން އަންހެން ފިރިހެން ބޭފުޅުންނަށް ފުރުސަތު އޮތް ނަމޫނާ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އިސްވެރިންނާ ގުޅިގެން ރައްޔިތުންނަށް ކާމިޔާބާއި ހެޔޮ ގޮތްތަކެއް ހޯދައިދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ، ސަރުކާރު ދޫކޮށް އޭނާ އިދިކޮޅާ ގުޅިވަޑައިގަތީ މިވަގުތު ސަރުކާރު ދޫކޮށްލަން ފެންނާތީ ކަމަށެވެ.
މިއަދުގެ ހަފްލާގައި އދ. ދަނގެތީގެ ޒުވާނުންތަކެއް ވެސް ޖޭޕީއާ ވަނީ ސޮއި ކޮށްފަ އެވެ.