ޒިމްބާބްވޭގެ ސަރުކާރުން ވަގަށް ނަގައި، އެގައުމުން ބޭރުކޮށްފައިވާ ފައިސާތައް އަނބުރާ ދެއްކުމަށް ތިން މަސްދުވަހުގެ މުހުލަތެއް އެގައުމުގެ އާ ރައީސް އެމާސަން ނަންގަގްވާ ދެއްވައިފިއެވެ.

އެމާސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފައިސާތައް އަނބުރާ ދައްކަން އަންނަ ފެބްރުއަރީގެ ނިޔަލަށް މުހުލަތު ދެއްވާ ކަމަށާއި، އެ މުއްދަތުގެ ނިޔަލަށް ފައިސާތައް އަނބުރާ ނުދައްކާ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޒިމްބާބުވޭގެ ސަރުކާރުގެ އެތައް ފައިސާ އަކާއި މުދަލެއް އެގައުމުން ބޭރުގައި ފޮރުވާފައިވާ ކަމަށްވެސް އެމާސަންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ ފައިސާތައް ފޮރުވި މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި އޭގެ ކުރިން ފައިސާތައް އަނބުރާާ ދައްކާމީހުން ސަލާމަތްވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޒިމްބާބުވޭގެ ވެރިކަމުން އެގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ދުރުކުރުމަށްފަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އެމާސަން ގެންދަވަނީ ޒިމްބާބުވޭ އިން ކޮރަޕްޝަން ނައްތަލުމަށް ފިޔަވަޅުތައް އަޅުއްވަމުންނެވެ.