މީގެ ފަސް އަހަރު ކުރިން ލީބިއާގެ ބެންގާޒީގައި ދިން ހަމަލާއެއްގައި އެމެރިކާގެ ޑިޕްލޮމެޓުންތަކެއް އަވަހާރަވި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހަކު ދޫކޮށްލައިފިއެވެ.

އަހުމަދު އަބޫ ޚަތާﷲ އަކީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާ އިން ލީބިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކްރިސްޓޮފާ ސްޓެވެންސްގެ އިތުރުން އެމެރިކާގެ އިތުރު ތިން ޑިޕްލޮމޭޓެއް އަވަހާރަވި ހަމަލާ ރޭވުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ.

އެ ހަމަލާ ދިން ކަން އޭނާގެ މައްޗަށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެއް ނުވެއެވެ. އޭނާގެ މައްޗަށް 18 ދައުވާއެއް ކުރި އެވެ. އޭގެތެރެއިން ސާބިތުވެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ދައުވާއެވެ.

އަހުމަދު އަބޫ ޚަތާﷲ ގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވިނަމަ 45 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

(އަލްޖަޒީރާ)