29 Nov 2017, 12:08
ހުޅުމާލެ ދެވަނަ ފިޔަވަހިން އެމްޓީސީސީ އަށް ލިބިފައިވާ 10000 އަކަފޫޓްގެ ބިމުގައި ދެ ރެޒިޑެންޝަލް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަރު އަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުޅުވަލާ ކަށެވެ.
އެމްޓީސީސީގެ އިތުރުން ސްޓެލްކޯ، ކަސްޓަމްސް އަދި އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިތަކަށް ލިބިފައިވާ ބިމުގައި ރެޒިޑެންޝަލް ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.
ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް މިދިޔަ ހަފްތާގެ ތެރޭގައި އިފުތިތާހުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ.