29 Nov 2017, 11:47
ސްޓާ ވޯލްޑް އިން ގެނެސްދެމުން އަންނަ ސީރީޒް "ގްލީ"ގައި ހަރަކާތްތެރިވަމުން އަންނަ ބަތަލާ ނާޔާ ރިވޭރާ ގެވެށި އަނިޔާ ކުރުމުގެ މައްސަލައިގައި ހައްޔަރުކޮށްފި އެވެ.
"ޓީންވޯގް" ނޫހުގައިވާ ގޮތުން ނާޔާ ހައްޔަރުކޮށްފައި ވަނީ ނާޔާގެ ފިރިމީހާ ރަޔާން ޑޯސީ އަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ވެސްޓް ވާޖީނިއާ ކަނޯވާ ކައުންޓީ އިންނެވެ.
އުމުރުން 30 އަހަރުގެ ނާޔާ އަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއް ވެސްމެ އެވެ.
އޭނާގެ ސީރީސްތަކުގެ ތެރޭގައި 'ދަ ރޯޔަލް ފެމިލީ" އަދި 'މޭޑް ފެމިލީ' ހިމެނެ އެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޓެލެފޯން"، "މެރީ ޔޫ" އަދި "ލިސެން" ހިމެނެ އެވެ.
މައުލޫމާތު: ޓީންވޯގް