ލުނބޯ އަކީ ޒަމާނުއްސުރެ ދިވެހީން ސުފުރާ މަތީގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.

ކާއެއްޗެހީގެ ރަހަ މީރުކޮށްލުމަށް ލުނބޯ ބޭނުން ކުރާ އިރު އެތައް ބަޔަކު ރީތިވުމަށް ޓަކައި ވެސް ލުނބޯ ބޭނުންކުރެ އެވެ. ލުނބޯ އިން ތައްޔާރު ކުރާ އެކައްޗަކީ ލުނބޯ ފަންޏެވެ.

ދިވެހީންގެ މެދުގައި ވެސް މިއަދު ލުނބޯ ފަންޏަކީ ވަރަށް އާންމު މީރު ބުއިމެއެކެވެ. ކަސްރަތު ކުރާ މީހުން ވެސް ކަސްރަތު ކުރަންދާއިރު ލުނބޯ ފަނި ފުޅިއެއް ހިފައިގެން ދާ ތަން މިއަދު ވަރަށް ގިނައިން ފެނެ އެވެ.

ލުނބޯ ފަންޏަކީ އެއިން ތިމާގެ ހަށިގަނޑަށް އެތަކެއް ފައިދަތަކެއް ލިބޭ ބުއިމަކަށްވާ އިރު އެތައް ސިއްހީ މައްސަލަތަކުން މީހާ ސަލާމަތްކޮށްދޭ ބުއިމެކެވެ.

ހަޖަމުގެ ބައި ރަނގަޅުކޮށްދޭ

ކާ އެއްޗެހި ކެއުމަށް ފަހު ހަޖަމް ނުވާ ކަމަށްވާ ނަމަ ލުނބޯ ފަނި ބޭނުން ކުރާށެވެ. ހަޖަމުގެ ބައި ލުނބޯ ފަނީގެ ސަބަބުން ރަނގަޅުކޮށްދީ ހަޑިގަނޑުގައި ހުންނަ ވިހަ ޖަރާސީމުތައް ނެތިކޮށްލަދެ އެވެ.

ހަންގަނޑު ރީތިކޮށްދޭ

ހަންގަނޑު ކުރަކިވެ ފަޅަފަޅައިގެން ދިޔުމަކީ މަދުން ނަމަވެސް މިއަދު ދިމާވާ ކަމަކަށް ވީއިރު ބައެއް މީހުންނަށް ޑަކްޓަރީ ބޭހުން ވެސް އެ މައްސަލަ ހައްލު ނުވެ އެވެ. ނަމަވެސް ލުނބޯ ފަނި އާންމުކޮށް ބޯކަމަށްވާ ނަމަ އޭގެ ނަތީޖާ އަވަހަށް ފެންނާނެ އެވެ. ހަންގަނޑު އޮމާންވެ ހަންގަނޑު އަލި ކޮށްދޭ އެ ޖޫހަކީ ސިއްހަތަށް ވެސް ފައިދާ ކުރާ ބުއިމެކެވެ.

ބަރުދަން ލުއިކޮށްދޭ

ލުނބޯގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މީހާގެ ބަރުދަން ބަރުވިޔަ ނުދީ އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. ހަށިގަނޑު ވަރުގަދަވެ މާ ބޮޑަށް ފަލަ ވިޔަ ނުދީ ލުނބޯގައި ހިމެނޭ ޕެކްޓިން ކިޔާ މާއްދާގެ ސަބަބުން އެކަން ކޮށްދެ އެވެ.

ނޭވާލާ ނިޒާމަށް ވެސް ފަރުވާއެއް

ނޭވާ ހިއްލުމަކީ ގިނަ ބަޔަކަށް މިއަދު ދިމާވާ ސިއްހީ މައްސަލައަކަށް ވީއިރު ދުވާލަކު މަދުވެގެން ދެ ލުނބޯ ފަނި ތަށި ބުއިމަށް އާދަކުރާށެވެ. ހެނދުނު ހޭލުމަށް ފަހު އަދި ކޮންމެސް އެއް ގަޑީގައި ކެއުމަށް ފަހު ލުނބޯ ފަނި ތަށްޓެއް ބޯލާށެވެ. އެކަމުގެ ސަބަބުން ނޭވާ ލުމަށް ފަސޭހަވެ ނޭވާލާ ނިޒާމުގައި ހިމެނޭ ބެކްޓީރިޔާތައް ނައްތާލަދެ އެވެ.

މައުލޫމާތު: ހެލްތުލައިން