29 Nov 2017, 09:48
މީގެ ދެދުވަސްވަރު ކުރިން އިވުނު އުފާވެރި އެއް ހަބަރަކަށް ވެގެން ދިޔައީ ޕްރިންސަސް ޑަޔާނާގެ ދަރިކަލުން ޕްރިންސް ހެރީ އަދި އޭނާގެ ލޯބިވެރިޔާ ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކްލްއާ ރަސްމީކޮށް އެންގޭޖްވި ހަބަރެވެ.
މުޅި ރޯޔަލް އާއިލާ ވެސް ދިޔައީ އެކަމާ އުފާފާޅުކުރަމުންނެވެ. މި މަހުގެ ކުރީކޮޅު ހެރީ އާއި މޭގަން އެންގޭޖްވި ކަމުގައިވީ ނަމަވެސް ރަސްމީކޮށް އެންގޭޖެވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ. ޕްރިންސްް ހެރީ އަދި މޭގަން އެންގޭޖްމަންޓް ކްލެރެންސް ހައުސް އިން އިއުލާނުކޮށްފައިވެ އެވެ. އަދި އެއަށް ފަހު ޕްރިންސް ވަނީ މީޑިއާ އާ ހާއްސަ އިންޓަވިއުއެއް ވެސް ދީފަ އެވެ.
ޕްރިންސް ހެރީ ވިދާޅުވީ މަންމާފުޅު ޑަޔާނާގެ ޕާސަނަލް ޑައިމަންޑް ކަލެކްޝަނުން ދެ އަލިމަސް އެންގޭޖްމަންޓް އަނގޮޓީގައި ބޭނުންކޮށްފައިވުމަކީ އެންގޭޖްމަންޓް އަގޮނޓި އެންމެ ހާއްސަ ވެގެން ދިޔަ އެއްކަން ކަމަށެވެ.

އެންގޭޖްމެންޓް އަނގޮޓި އަކީ ވަރަށް ހާއްސަ އަގޮނޓިއެއް ކަމަށް ޕްރިންސް ހެރީ ވަނީ ވިދާޅުވެފައި---
ހެރީ އަމިއްލަފުޅަށް އަގޮނޓި ފަރުމާކޮށްފައި ވުމަކީ އޭނާ އަށް ލިބޭ އެންމެ ބޮޑު އެއް އުފާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔެލޯ ގޯލްޑް ބޭންޑެއްގައި އަގޮނޓި ފަރުމާކޮށްފައިވާ އިރު އަނގޮޓީގައި ތިން އަލިމަހެއް ބޭނުންކޮށްފައިވާ އިރު އޭގެ ތެރެއިން ދެ އަލިމަހަކީ މަންމާފުޅު ޑަޔަނާގެ ޕާސަނަލް ޑައިމަންޑް ކަލެކްޝަންގައި ހިމެނޭ ދެ އަލިމަސް. އަގޮނޓީގައި މަންމާފުޅުގެ އަލިމަސްތައް ބޭނުން ކުރީ މަންމާފުޅުގެ ހަނދާންތަކާ އެކީގައި ދިރިއުޅުން ކުރިއަށް ގެންދަން. އަދި ދިރިއުޅުން ކާމިޔާބުކޮށް އުޖާލާ ކުރުމަށް،" ހެރީ ވިދާޅުވި އެވެ.
އުމުރުން 33 އަހަރުގެ ޕްރިންސް ހެރީގެ އަލަތު ކައިވެންޏަށް މި ކައިވެނި ވެގެންދާ ނަމަވެސް އޭނާގެ ލޯބިވެރިޔާ އުމުރުން 36 އަހަރުގެ މޭގަން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ކުރިން އޭނަ ކައިވެނިކޮށްފައި ވަނީ އެމެރިކާގެ ޓީވީ ތަރި ޓްރެވާ އެގަލްސަންއާ އެވެ. ޕްރިންސް ހެރީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެ މީހަކާ އެވެ. އެއީ ޗެލްސީ ޑޭވީ އަދި ބޯނަސް ނަމަކަށްކިޔާ މީހެކެވެ.

ޕްރިންސް ހެރީ އަދި މޭގަން މާކްލްގެ ކައިވެނި އަންނަ ސްޕްރިންގްގައި---
އަންނަ އަހަރުގެ ސްޕްރިންގްގައި ހެރީ އާއި މޭގަން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ އިރު ޕްރިންސް ހެރީ އަކީ އިނގިރޭސި ތަހުތާ ހަ ވަނަ އަށް އެންމެ ގާތުގައި ހުންނެވި ޕްރިންސްކަން ފާހަގަކޮށްލެވެ އެވެ.
މައުލޫމާތު: އީވްނިންގް ސްޓޭންޑާޑް