އައިފޯނުތަކުން ޔޫޓިއުބު ބޭނުން ކުރާއިރު ފޯނުގެ ބެޓަރީ މާ އަވަހަށް ހުސްވާ މައްސަލަ ހައްލުކޮށްފި ކަމަށް ޔޫޓިއުބުން ބުނެފި އެވެ.

ޔޫޓިއުބުގެ ކުރު ވީޑިއޯއެއް ބަލާލި ނަމަވެސް އަލަށް ނެރުނު އައިފޯނު އެކްސް އިން ބެޓަރީގެ 20 ޕަސެންޓް ހުސްވާ ކަމަށް ބުނެ އައިފޯނު ބޭނުން ކުރާ މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. އައިފޯނު އެކްސްގެ އިތުރުން އައިފޯނު 7 އަދި 7 ޕްލަސް އަށް ވެސް މި މައްސަލަ ދިމާވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫޓިއުބް ވާޝަން 12.42 އަދި 12.43ގައި މި މައްސަލަ ދިމާވާކަން ދެނެގަނެވިފައިވާ ކަމަށާ މިއީ ހަމައެކަނި އައިއޯއެސް އަށް ދިމާވާ މައްސަލައެއް ނޫން ކަމަށް ވެސް ޔޫޓިއުބް އިން ބުނެފައިވެ އެވެ.

ޔޫޓިއުބްގެ އާ އަޕްޑޭޓާ އެކު މި މައްސަލަ ހައްލު ވާނެ ކަމަށް ޔޫޓިއުބް އިން ބުނެފައިވާ އިރު، މި މައްސަލަ ހައްލުވާނީ ސީދާ އައިފޯނު އެކްސް ބޭނުން ކުރާ މީހުންނަށް ކަމެއް އެ ފަރާތުން ބުނެފައެއް ނުވެ އެވެ.

އާ އަޕްޑޭޓާ އެކު ބެޓަރީ ހުސްވާ މައްސަލަ އަށް ހައްލެއް ލިބިފައިވާ ކަމަށް ވެސް އައިފޯނު އެކްސް ބޭނުން ކުރާމީހުން ބުނެ އެވެ.

މެޝާބަލް