28 Nov 2017, 10:01
ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ދޭ ސަމާލުކަމާ އެއްވަރަށް ފައިތިލައިގެ ސިއްހަތަށާއި ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ސަމާލު ކަން ދޭންވާނެ އެވެ. ފައިތިލަ އަށް ލިބޭ ގެއްލުމެއްގެ ސަބަބުން ފައިތިލަ ފަޅައިގެން ދިޔުން ފަދަ ކަންތައް ދިމާވުމަކީ ހިނގައިބިނގައިވެ އުޅުމަށް ވެސް އުނދަގޫ ވާނެ ކަމެކެވެ.
ފައިތިލަ ފަޅައިގެން ދިއުން ފަދަ ކަންތައް ދިމާވަނީ އެރޭ ފައިވާނެއްގެ ސަބަބުން ނޫނީ ކެއުމުގެ އާދަތައް ބެހެއްޓޭ ގޮތަކުންނެވެ. މީގެ އިތުރުން އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭ ނަމަވެސް ފައިތިލަ ފަޅައިގެން ދިއުން ފަދަ ކަންތައް ދިމާވާނެ އެވެ.
ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ޓަކައި ކެއުމުގެ އާދަތަކަށް ބަދަލު ގެނައުން މުހިއްމެވެ. އެގޮތުން ދޮންކެޔޮ، އޮލިވް އަދި އޮލިވް އޮއިލް ފަދަ ކާނާ އެކުމުގައި ހިމެނުމަށް ސަމާލުކަން ދޭންވާނެ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ވެސް މުހިއްމު ކަމެެކެވެ. މީގެ އިތުރުން މިއީ ފައި ފަޅައިގެންދާ ނަމަ، އެކަމަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެއްސެވެ.
ދޮންކެޔޮ:ދެތިން ދޮންކެޔޮވައް ޗިސް ކޮށްލުމަށް ފަހު، ފައިގެ ފުންނާބުގައި އުނގުޅާށެވެ. ދހަ ވަރަކަށް މިނެޓް ބެހެއްޓުމަށް ފަހު ދޮވެލައި ފައިތިލާގައި މޮއިޝަރައިޒާ އެއް އުނގުޅާށެވެ.
ތާފަނާ ފެން:ފައިތިލަ ތާފަނާ ފެނަށް ލުމަކީ ވެސް ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. މިއިީ ފައިތިލާގައި ހުންނަ ޑެޑް ސްކިންތައް ނައްތާލައި ފައިތިލަ މަޑުކޮށް ބޭއްވުމަށް ކޮންމެ ދުވަހަކު އެއްފަހަރު ކުރުން ރަނގަޅު ކަމެކެވެ. ވިއްސަކަށް މިނެޓް ވަންދެން ފައި ފެނަށް ލުމަށް ފަހު ރަނގަޅަށް ހިއްކައި ފައިތިލާގައި މޮއިޝަރައިޒާއެއް އުނގުޅާނީ އެވެ.
މޮއިޝަރައިޒާ:މިއީ ފައިތިލައަށް އެންމެ މުހިއްމު އެކައްޗެވެ. ކޮންމެ ދުވަހަކު ވެސް ތިން ފަހަރު ފައިތިލާގައި މޮއިޝަރައިޒާއެއް އުނގުޅާށެވެ. ފެން ވެރުމަށްފަހު ވެސް، ފައިތިލައިން ފެން ހިއްކައި ކާށިތެޔޮ ނޫނީ ފަޔަށް ހާއްސަކޮށް އުފައްދާފައި ހުންނަ މޮއިޝަރައިޒާއެއް އުނގުޅާނީ އެވެ. މޮއިޝަރައިޒާއެއް ގަންނަ އިރު ތިމާގެ ހަންގަނޑާ ގުޅޭ، އެއްޗެއް ގަތުން މުހިއްމެވެ.