28 Nov 2017, 22:35
ރިއަލް މެޑްރިޑްގެ މުހިއްމު އެއް ކުޅުންތެރިޔާ ގެރެތް ބޭލް އަދި އޭނާގެ ލޯބިވެރިޔާ އެމާ ޖޯންސްގެ ކައިވެނީގެ ހަފްލާ އަށް ލަވަކިޔުމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ހަމަޖައްސައިފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ބުނެފިއެވެ.
"ކެޕިޓަލް އެކްސްޓްރާ" ގައި ވާ ގޮތުން އެ ދެ މީހުންގެ ކައިވެނި އަންނަ މާޗް މަހުގައި ކުރެވިގެން އަންނަ އިރު ޕާޓީގައި ލަވަ ކިޔަން ބިޔޯންސޭ ހަމަޖައްސައިފައި ވަނީ އޭނާ އަކީ އެމާގެ އެންމެ ކަމުދާ ލަވަކިޔުންތެރިއަށް ވާތީ ކަމަށެވެ.

ގެރެތް ބޭލް އަދި އެމާ ޖޯންސްގެ ކައިވެނި ހަފްލާގައި ލަވަ ކިޔުމަށް ބިޔޯންސޭ ވަނީ 1.5 މިލިއަން ޕައުންޑްގެ އަގެއް ހުށައަޅާފައި---
ބޭލްގެ ކައިވެނި ވަރަށް ފުރިހަމަ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ހަމަޖެހިފައިވާއިރު ލަވަކިޔައިދިނުމަށް ބިޔޯންސޭ ހުށައެޅީ 1.5 މިލިއަން ޕައުންޑް ކަމަށާއި އަދި އެ އަގަށް އެ ދެމީހުން ވެސް އެއްބަސްވެފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.
އަންނަ މާޗް މަހު ބޭލް އާއި އެމީގެެ ކައިވެނި ކުރެވިގެންދާއިރު އެ ދެ މީހުންނަށް ވަނީ ދެ އަންހެން ކުދިން ލިބިފައިއެވެ.ބެލް އާއި އެމީގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިޓަލީގެވޭލްސްގެވެ.
މައުލޫމާތު: ކެޕިޓަލް އެކްސްޓްރާ