27 Nov 2017, 19:47
ކޮންމެ ދުވަހަކުވެސް ސެމްސަންގު ގެލެކްސީ ނޯޓް 8، ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.
އުރީދޫއިން ބުނީ އެ ޕްރޮމޯޝަނަކީ، އުރީދޫ އިން ކުރިއަށް ގެންދާ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިނުގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.
"ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ"ގެ ނަމުގައި ތައާރަފްކޮށްފައިވާ އެ ޕްރޮމޯޝަން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތައް ކުރިއަށް ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ އެ ޕްރޮމޯޝަންގައި ދުވަހުގެ ނަސީބުވެރިޔާ ހޮވާނީ އެ ދުވަހަކު މަދުވެގެން 99 ރުފިޔާގެ ޑޭޓާ ހިޔާރުކުރައްވާ ކަސްޓަމަރުންގެ ތެރެއިން ކަމަށް އުރީދޫއިން ބުންޏެވެ. އޭގެ ތެރޭގައި، އުރީދޫގެ ތަފާތު މޮބައިލް ޑޭޓާ ޕެކޭޖުތަކާއި، މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖު ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮމޯޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވެ، ފުޅާވަމުންދާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އުރީދޫގެ ނެޓްވާކަކީ އިންޓަނެޓްގެ ޚިދުމަތް ހޯދުމަތް އެންމެ ފަސޭހަ، އެންމެ ފުރިހަމަ ނެޓްވަރކް ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.
"އުރީދޫގެ ޑޭޓާ ކަސްޓަމަރުންނަށް މި ޚާއްސަ ޕްރޮމޯޝަން ތައާރަފް ކުރަނީ ވަރަށް ވެސް އުފަލާ އެކު، އަދި އުއްމީދު ކުރަނީ މިފަދަ އޮފާތަކުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް،" ނަޖީބް ޙާން ވިދާޅުވިއެވެ.
އުރީދޫއިން ބުނީ، ރާއްޖޭގެ އެންމެ މަގްބޫލު މޮބައިލް ޑޭޓާ ނެޓްވާކްގެ ގޮތުގައި، އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމަށެވެ.
މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަދި ހަމައެކަނި 4G ނެޓްވާކްގެ ގޮތުގައި، އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް އިންޓަނެޓްގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިއްބައިދިނުން ކަމަށް ވެސް އުރީދޫއިން ބުންޏެވެ.