އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ޓީމު މިމުބާރާތުގެ ޓީމު އިވެންޓްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ރާއްޖެ މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ އިއްޔެ ހަވީރު މަޑަކަސްކަރައާ ދެކޮޅަށް ކުޅުނު މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ބެޑްމިންޓަން ޓީމު ކުޅުނު ފުރަތަމަ މެޗްގައި މޮރިޝަސް އަތުން ބަލިވި ނަމަވެސް އިއްޔެ ދެވަނަ މެޗްގައި ދިވެހި ޓީމުން ވަނީ ވަރަށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މިމުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ރާއްޖެ ގަޑިން 1500 ގައި ނިކުންނާނީ މުބާރާތް ބާއްވާ ސީޝެލްސްއާއި ދެކޮޅަށެވެ.