ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް ރެއިންބޯއިން ބާއްވަމުން އަންނަ "އިއާ އެންޑް ސޭލް" ފަށައިފިއެވެ.

ރެއިންބޯ އެންޓާޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގައި މި މަހުގެ 25 އިން ފެށިގެން ޖެނުއަރީ 18 ވަނަ ދުވަހާ ހަމައަށް އެ ސޭލް ކުރިއަށްދާނެ ކަމަށް ރެއިންބޯއިން ބުންޏެވެ.

ރެއިންބޯއިން ބުނީ އެ ކުންފުނިން ކުރިއަށްގެންދާ އެ ސޭލްގައި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވައިގެން އެ ސޭލްގައި ބައިވެރިވެވޭ ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ކޫޕަން ފުރައި ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރިޔެއް ހޮވަން ހަމަޖެހިފައިވާ ކަމަށް ރެއިންބޯއިން ބުންޏެވެ.

ރެއިންބޯ އިއާ އެންޑް ސޭލްގެ ގުރުއަތުން ހޮވޭ ފުރަތަމަ ނަސީބުވެރިއަކަށް އެންމެ ފަހުން އެޕަލް ކުންފުނިން ބާޒާރަށް ނެރުނު އައިފޯން އެކްސް ލިބިގެންދާނެއެވެ. ދެ ވަނައަށް ގުރުއަތުން ހޮވޭ ފަރާތަކަށް 50 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބިގެންދާނެއެވެ. އަދި ގުރުއަތުގެ ތިންވަނަ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިސްއަލަމާރިއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރެއިންބޯއިން ބުނީ، ސޭލްގެ ގުރުއަތު ނެގުން އޮންނާނީ 25 ޖަނަވަރީ ގެ ރޭ 21:00 ގައި ރެއިންބޯ ލިވިން މޯލްގައި ކަމަށެވެ. އަދި ގުރުއަތުން ހޮވޭ މީހުންގެ މައުލޫމާތު ޖެހިގެން އަންނަ ހަފްތާގައި ރެއިންބޯގެ ފިހާރަތަށް އަދި ރެއިންބޯގެ ފޭސްބުކް ޕޭޖްގައި ޝާއިއު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.