27 Nov 2017, 17:39
ޕިކަޕަކަށް ބަރުކޮށްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާލެއިން އަތުލައިގެންފި އެވެ.
ބަނގުރާފުޅިތަކެއް ބަރުކޮށްގެން ދަނިކޮށް، ޕިކަޕެއް ހުއްޓުވައި ބަނގުރާ އަތުލައިގެން ފައި ވަނީ ހުސްނުހީނާ މަގުންނެވެ. ފުލުހުން ވަނީ ބަނގުރާފުޅިތަކަކާއެކު ޒުވާނެއް އެ ސަރަހައްދުން ހައްޔަރުކޮށްފައެވެ.
މަންޒަރު ދުއް ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ޕިކަޕަކަށް އެއްޗެހިތަކެއް ބަރުކޮށްގެން ދަނިކޮށް، ފުލުހުން ކުއްލިއަކަށް އައިސް ޕިކަޕު ކުރިމައްޗަށް އަރައި ހުއްޓުވީ ކަމަށެވެ.
ސަންއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނައަދަދެއްގެ ކަރުދާސް ފޮށިތަކެއް ބަރުކޮށްފައިވާ ކުޑަ ޕިކަޕުން ފުޅިތައް ބާލައި، އެ ފޮށިތައް ބަލައި ފާސްކުރަމުންދާ މަންޒަރު ފެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށާއި ތަފްސީލެއް ދެވެން ނެތް ކަމަށެވެ. އަވަސް ތާރީހެއްގައި އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލު ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.