ސައިނާއީގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް ދިން ވަރުގަދަ ބޮމުގެ ހަމަލާގައި ޒަހަމްވި އެމިސްކިތުގެ އިމާމް މިސްކިތަށް ގޮސް ހިތާބުގެ ނުނިމިއޮތް ބައި ނިންމަން ވައުދުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ މުހައްމަދު އަބްދުލް ފައްތާހު ޒަހަމްވެފައިވާ ވަނީ އެ މިސްކިތުގައި ހުކުރު ހުތުބާ ދެމުން ދަނިކޮށެވެ.

"އަހަރެންގެ ހާލަތު ތަންދޭ ނަމަ އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު ގޮސް ހުތުބާ ނިންމާނަން،" ފައްތާހު ބުންޏެވެ.

"އޭރު ހުކުރު ހުތުބާ ނިމެން ދެ މިނެޓަށް ވެއްޖެ ބޮންތައް ގޮވަން ފެށިއިރު. މީހުންތައް އޭރު ބިރުން ދުވަނީ. އިރުކޮޅެއް ނުވެ މިސްކިތަށް ބަޔަކު ވަދެ ބަޑި ޖަހަން ފެށި،" ހޮސްޕިޓަލުގައި އޮވެ ފައްތާހު ކިޔައިދިނެވެ.

ސައިނާއީގެ މިސްކިތެއްގައި ހުކުރުނަމާދު ކުރަނިކޮށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުން ލެއާއި ތަތްތެޅިފައި. މިއީ މިސްރުގެ ތާރީހުގައި ވެސް މިސްކިތަކަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ--

ސޫފިން ގިނަ އަދަދަކަށް ޖަމާވާ އެ މިސްކިތުގައި އިމާމެއްގެ ގޮތުގައި ފައްތާހު ވަނީ ދެ އަހަރު ހޭދަކޮށްފަ އެވެ. ފައްތާހު ބުނި ގޮތުގައި އެ ދުވަހުގެ ހިތާބު އޭނާ ދިނީ "އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައު ފޮނުއްވި ކީރިތި ރަސޫލާ"ގެ މައުލޫއަށެވެ.

ހަމަލާ ދޭން ދޭން ފެށުމާ އެކު ހުތުބާ ދޭން ހުރި ފައްތާހު މިމްބަރުމަތިން ވެއްޓުނު ކަމަށް އޭނާ ބުންޏެވެ.

"މިސްކިތުގެ ތެރޭގައި ދުވަމުން ދިޔަ މީހުންނާ ހުރެ އަހަރެންނަށް ރަނގަޅަށް ނުތެދުވެ އުޅެނިކޮށް ވެއްޓިއްޖެ. އޭރު އަހަރެންގެ ގައިމަތީގައި އޮތީ ލެއާއި ތަތްތެޅިފައިވާ މީހުންގެ ހަށިގަނޑުތައް،" ފައްތާހު ކިޔައިދިނެވެ.

މިސްރުގެ ތާރީހުގައި ވެސް މިސްކިތަކަށް ދިން އެންމެ ވަރުގަދަ އެ ބޮމުގެ ހަމަލާގައި ވަނީ 305 މީހުން މަރުވެފަ އެވެ. ބެލެވިފައިވާ ގޮތުގައި އެ ހަމަލާ ދިފައި ވަނީ އެމިސްކިތަކީ އިސްލާމީ މަޒުހަބެއް ކަމަށްވާ ސޫފީން ގިނަ އަދަދަކަށް އެއްވެއުޅޭ މިސްކިތަކަށް ވާތީ އެވެ. ހަރުކަށި ސަލަފީން ދެކޭގޮތުގައި ސޫފީންނަކީ ދީނުން ބޭރުވެ މުރަތައްދުވެފައިވާ ބައެކެވެ.

"ކީރިތި ރަސޫލާގެ އީދު މީލާދީ ފާހަގަކުރާތީ އަހަރުމެންނަަށް މީގެ ކުރިން ވަނީ އިންޒާރުތައް ލިބިފައި." ފައްތާހު ކިޔައިދިނެވެ.

ހައްދުފަހަނައަޅައިފައިވާ މުސްލިމުން ދެކޭ ގޮތުގައި ރަސޫލާގެ އީދު މީލާދީ ފާހަގަ ކުރުމަކީ ހަރާމް ކަމެކެވެ.