ސައިރިކްސް ކޮލެޖުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން އިންޓަނޭޝަނަލް ޕްރޮގްރާމަކާއި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހެއް ތައާރަފުކޮށްފަ އެވެ.

ސައިރެކްސް ކޮލެޖުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯސްތަކާ އެކު އެ ކޮލެޖުން އަންނަ އަހަރު ފައްޓާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ޖެނުއަރީ މަހު ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލައިވާ ކަމަށެވެ.

ސައިރެކްސް އިން ބުނީ އިންފޮމޭޝަން ޓެކްނޮލެޖީ އާއި ވިޔަފާރީގެ ދާއިރާ އިން ސެޓިފިކެޓް ލެވެލް އިން ފެއްޓިގެން މާސްޓާސް ލެވެލްގެ ކޯސްތަކެއް ވެސް މިހާރު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޑާޓާ ސައިންސާއި އާޓިފިޝަލް އިންޓަލިޖެންސް، ޕައިތަން، ކްލައުޑް ކޮމްޕިއުޓިން އަކީ އަންނަ އަހަރުގެ މަންހަޖުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމްތައް ކަމަށް އެ ކޮލެޖުން ބުންޏެވެ.

ޖެނުއަރީ މަހުގެ އިންޓޭކަށް ހުޅުވާލުމުގެ ގޮތުން އެ ކޮލެޖުން ވަނީ ޝިއާރެއް ވެސް ކަނޑައަޅައިފަ އެވެ. އެއީ "ސިޓިޒަން، ނޮޓް ޕޮލިޓީޝަން" އެވެ.

އެފަދަ ޝިއާރެއް ތައާރަފު ކުރީ، އެ ކޮލެޖުން ބުނި ގޮތުގައި، އެ ކޮލެޖުން ނުކުންނަ ދަރިވަރުންނަކީ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ވާދަވެރިކަމާ އެކު މަސައްކަތް ކުރުމުގެ ހުނަރު އާލާވެފައިވާ ބަޔަކަށް ހެދުމުގެ މަގުސަދުގަ އެވެ.

މީގެ 24 އަހަރު ކުރިން ގާއިމު ކުރި، ސައިރެކްސް ކޮލެޖުގެ ކޯތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، އަދި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތައް ވެސް ބަލައިގަންނަ ފެންވަރުގެ ކޯސްތަކެކެވެ.