27 Nov 2017, 13:29
ސްޓޮކްހޯމް (27 ނޮވެމްބަރު ): މުސްލިމުންނަކީ ފުރިހަމަ އިންސާނުން ނޫން ކަމަށް ސްވިޑަންގެ ޕާޓީއެއް ކަމަށްވާ ސްވިޑަން ޑިމޮކްރެޓިކްގެ މެމްބަރެއް ކަމަށްވާ މާޓިން ސްޓްރިޑް ވިދާޅުވި މައްސަލަ ވަރަށް ހޫނުވެއްޖެ އެވެ.
ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މާޓިން ވިދާޅުވީ އިންސާނިއްޔަތުކަން އެކަކުން ސަތޭކައާ ހަމައަށް މިންގަނޑު އަޅާ ނަމަ ހުރިހާ މުސްލިމުންނަކީ 100 އިގެ ދަރަޖައިގެ އިންސާނުން ކަމުގައި ނުބެލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާ މުހައްމަދުގެފާނަށް ތަބާވާ މިންގަނޑު އަޅާ ނަމަ ހުރިހާ މުސްލިމުން ވެސް 100ގެ ދަރަޖަ ދެވޭނެ ކަމަށް މާޓިން ވިދާޅުވި އެވެ.
މާޓިން އިތުރަށް ވިދާޅުވީ މުސްލިމުން އިސްލާމްދީން ދޫކޮށްލައިފި ނަމަ 100ގެ ފުރިހަމަ އިންސާނެއްގެ ދަރަޖައަށް ދެވިދާނެ ކަމަށެވެ. އަދި އޭނާގެ އަޒުމަކީ މުސްލިމުން "އިސްލާމްދީނުގެ ކަސްތޮޅުން" ސަލާމަތްކޮށް އެނާ ނިސްބަތްވާ ޕާޓީއަށް ވެެއްދުން ކަމަށެެވެ.
މާޓިން އެފަދަ ވާހަކަތައް ދެއްކުމުން އެ ޕާޓީގެ ސެކެޓްރީ ރިޗާޑް ޖޮމްޝޮފް ވަނީ މާޓިންގެ ވާހަތަތައް ޕާޓީގެ ފިކުރާ ތައާރަޒުވާ ކަަމަށް ވިދާޅުވެފަ އެވެ. އަދި ރިޗާޑް ވަނީ މާޓިންގެ ވާހަކަތަކަކީ "ނަސްލީ" ދިމާކުރުން ކަމުގައި ސިފަކުރައްވައިފަ އެެވެ. ޕާޓީން މާޓިން ވަރަށް އަވަހަށް ވަކިކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރިޗާޑްވިދާޅުވި އެވެ.
އިސްލާމީ ގައުމުތަކުގައި ހަނގުރާމަ ހިނގަމުންދާއިރު ، ސީރިއާ އިރާގު ފަދަ ގައުމުތަކުން ގިނަ އަދަދެއްގެ މުސްލިމުން ވަނީ ސްވިޑަން އަށް ހިޖުރަކޮށްފަ އެވެ. އަދި އެ ގައުމުތަކުގައި މުސްލިމުންނާ ދެކޮޅު ޝުއޫރުތައް ވަނީ ވަރަށް ބޮޑަށް އުތުރިއަރައިފަ އެވެ.
އާރުޓީ