27 Nov 2017, 10:59
ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެއާޕޯޓެކެވެ. އަދި އަލަށް ހުޅުވި ޓާމިނަލްއާ އެކު އެއާޕޯޓަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.
އެއާޕޯޓުތަކަށް ގޮސް ޗެކިން ކުރުމަކީ ވަރަށް ގިނައިރު ހިނގާ ކަމެކެވެ. އަދި ޗެކިން ވުމަށް ވަކި ހާއްސަ ކައުންޓަރުތަކަށް ގޮސް ކިއު ހެދުން ޗަންގީ އެއާޕޯޓުގައި ގާއިމް ކުރި ހާއްސަ އޮޓޮމޭޓެޑް ޓެކްނޮލަޖީއާ އެކު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
އެހެން އެއާޕޯޓުތަކުގައި ލަގޭޖު ނަގަން ގޮސް ހުންނަ އިރު އިޝްތިހާރުތަކުން މީހާގެ ބޮލަށް ތުރާވެގެން އުޅުނު ކަމުގައި ވިޔަސް ޗަންގީ އެއާޕޯޓް އެ ސެކްޝަން ޑިޒައިން ކޮށްފައި ވަނީ މުޅިން ތަފާތުކޮށެެވެ. އެއާޕޯޓުގެ އެ ސެކްޝަނުގައި ވަނީ ގަސްތައް ގިނަ އަދަދަކަށް އަތުރާލައި މުޅި ހިސާބު ފެހިކޮށްލައިފަ އެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްގެ ބެގޭޖް ކްލެއިމް ސެކްޝަން--
ޗެކިން ވެގެން އެއާޕޯޓުގެ ގޭޓްއަށް ދާއިރު ވެސް އެ އެއާޕޯޓުގައި ހުންނާނީ މުޅިންހެން އޮޓަމޭޓެޑް ސިސްޓަމެކެވެ. ފިންގާ ޕްރިންޓް ސްކޭންކޮށްލުމާ އެކު ގޭޓް އަށް ވަދެވުނީ އެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް. އިމިގްރޭޝަން ޗެކިން ވެސް ވަނީ މުޅިން އެޮޓޮމޭޓެޑް ކޮށްފައި--
ގޭޓުން ވަދެގެން ގޮސް އެންމެ ފާހަގަ ކުރެވޭނީ އެ ސަރަހައްދުގައި ހުންނަ ބޮޑެތި އެލްއީޑީ ލައިޓްތަކެވެ. ސިންގަޕޫރުގެ ސަގާފަތާއި އަދި އެގައުމުގެ އާކިޓެކްޗާއަށް އައި ބަދަލުތަށް ވަރަށް ރީއްޗަށް ލެޑް ލައިޓް ޑިސްޕްލޭތަކުން ފެންނަން ހުރެ އެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް. ސިންގަޕޫރުގެ ސަގާފަތާއި އަދި އެގައުމުގެ އާކިޓެކްޗާއަށް އައި ބަދަލުތައް ވަރަށް ރީއްޗަށް ލެޑް ލައިޓް ޑިސްޕްލޭތަކުން ފެންނަން ހުރޭ--
ނަވާރަ ސަތޭކެ އަށްޑިހަ އަހަރު ހުޅުވި ޗަންގީ އެއާޕޯޓު މުޅިން އާ އުސްމިނަކަށް ގެންގޮސްފައިވާ އިރު މިހާރު އަހަރަކު 58 މިލިއަނަށް ވުރެ ގިނަ ޕެސެންޖަރުން އެއާޕޯޓުން ހިދުމަތް ހޯދަ އެވެ.