ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް ބޭންޑަކީ ޑިޓިއުން ކަން ޔަގީނެވެ. އެމީހުންގެ ތަފާތު ވީޑިއޯ ލަވަތަކަށް ފަހު އަނެއްކާ ވެސް އަންނަނީ ތަފާތު މަސައްކަތެއް ކުރަމުންނެވެ.

"އޯންޗެއްބާ" އަކީ އޯކޭޒް އާ ގުޅިގެން ޑިޓިއުން އިން މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެވެ. އެ އެއްޗަކީ ކޮން އެއްޗެއް ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުބުންޏެވެ.

"އެއީ ކޮން އެއްޗެއްކަން ވަރަށް އަވަހަށް އެނގޭނެ،" ޑިޓިއުން އިން ބުންޏެވެ.

"ކޮންޗެއްބާއަކީ އޯކޭޒް އާ މުންކޮއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް. މުންކޮ ފެންނާތީ ބައެއް މީހުން އެބަ ބުނޭ ފިލްމެކޭ ވެސް. އަސްލު ކޮންއެއްޗެއްކަން ފަހުން ބުނާނަން،"

ޑިޓިއުންގެ އަންހެން ލަވަކިޔުންތެރިޔާ ފެޒޫ ބުނީ މިއީ ވަރުގަދަ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓްގެ ވީޑިއޯ މަސައްކަތް ކުރަނީ މަޝްހޫރު ކެމެރާނަމް ކަނޑި އަދި މަސްކޭ ކަމަށެވެ.

ކޮންޗެއްބާގެ ޓީޒާ އިން ފެންނަނީ އިހުގައި ދިވެހިންގެ ދިރިއުޅުމެވެ. ފަހަރުގައި މިއީ އެޒަމާން ދައްކައިދޭ ފިލްމަކަށް ވެސް ވެދާނެ އެވެ. އެއީ ކޮންއެއްޗެއްކަން ހާމަ ކުރަންދެން ޖެހޭނީ އިންތިޒާރު ކުރާށެވެ. ޓީޒާއާ އެކު ޕޯސްޓްކޮށްފައިވާ ކެޕްޝަންގައި ބުނަނީ "ކޮންޗެއްބާ؟ ރިޔަލެއް ނެތް އޮޑިއެއްބާ" އެވެ.