އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ހިތްވަރު ގަދަ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ ޒުވާނުންގެ އިނާމު ހަތް ފަރާތަކުން މިއަހަރު ހޯދައިފި އެވެ.

އެވޯޑު ހާސިލު ކުރި ހަތް ޒުވާނުންގެ އިތުރުން، މިރޭގެ ހަފްލާގައި ޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ ހާސިލު ކުރި ޒުވާނާއަށް ވެސް ވަނީ އިނާމު ދީފައެވެ.

އެ ޒުވާނުންނަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ޒުވާނުންގެ އެވޯޑު ހާސިލު ކުރި 7 ޒުވާނުން

  • ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާއިން:ގ. ވަށަފަރު، އަހުމަދު ޣާލިބު
  • އުފެއްދުންތެރި ކަމުގެ ދާއިރާއިން:ހުސައިން ޝިހާމް ބ. ދަރަވަންދޫ، ތަހުމީނާ ހައުސް
  • މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން:މ. އޭޝިއާ، އަލީ ނަސީމް
  • ކުޅިވަރުގެ ދާއިރާއިން:ހ. ކުދިހިތިގެ، އަހުމަދު ޝިހާމް
  • ވޮކޭޝަނަލް ޑްރެއިން ދަސްކޮށްދިނުމުގެ ދާއިރާއިން:މއ. ގްރީންވިލް، އަހުމަދު ޒައުޝަން
  • ދަރުމަވެރިކަމުގެ ދާއިރާއިން:މާޖެހިގެ، ގއ. ދެއްވަދޫ، އަހުމަދު ނަޝީދު
  • ދުޅަހެޔޮ އާއިލާ ބިނާ ކުރުމުގެ ދާއިރާއިން:އަހުމަދު ޝާފިއު، ހއ. މާރަންދޫ، މޯނިން ސްޓާ

ޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ ޝާފިއުއަށް

ފުރާނައަށް ބެލުމެއް ނެތި، އެހެން މީހުންގެ ފޫރަނަ ސަލާމަތް ކުރުމުގައި ނަމޫނާ ދައްކާފައި ވާތީ، މިއަހަރުޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ ހާސިލު ކުރި ފ. ނިލަންދޫ، ފާޒިރާ މަންޒިލް، އަހުމަދު ޝާފިއު އެވެ.

ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ ޝާފިއުއަށް އެ ފިލާ ލިބުނީ 2013 ވަނަ އަހަރު ފަސް އަހަރުގެ ކުޑަކުއްޖަކާއި އޭނާގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދީފައިވާތީ އެވެ.