26 Nov 2017, 13:05
އަރިދަފުސް ރޯގާ ޖެހުމަކީ ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ބުރަ ވޭންތަކެއް އުފުލަން ޖެހޭ ކަމެކެވެ. ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެ ނޭވާ ލުމަށް ދަތިވެ ކެއްސުމަކީ ދިމާވުމަކީ އުނދަގޫ ކަމެކެވެ.
"ރޯގާ ޖެހިއްޖިއްޔާ އަވަހަކަށް ރަނގަޅު ނުވާނެ. ޑަކްޓަރަށް ދައްކާ މޮޔަވާ އިރު ވެސް އެއްވެސް ކަހަލަ ފަސޭހަކަމެއް ނުލިބޭ" މިއީ މިއަދު ގިނަ ބަޔަކު ބުނަމުންދާ ވާހަކަ އެކެވެ. ޑަކްޓަރީ ފަރުވާގެ އިތުރުން ގޭގައި ތިމާ އަމިއްލަ އަށް ރޯގާ އިން ސަލާމަތްވުމަށް ވެސް މަސައްކަތްކޮށްލެވިދާނެ އެވެ.
މާމުއި އަދި އިނގުރު
އިނގުރު މުގުރާލުމަށް ފަހު އެއާ އެކަށީގެންވާ ވަރަށް މާމުއި އަޅާލައިގެން ބޯށެވެ. އަދި މީގެ ތެރެއަށް ބައި ތަށި ހޫނު ކިރު އަޅައިގެން ބޯލާށެވެ. އެކަމުގެ ސަބަބުން މިހާގެ ހަށިގަނޑަށް ފަސޭހަވެ ނޭވާ ހޮޅި ސާފުކޮށްދިނުމަށް އެހީތެރިވެދެ އެވެ.
ލުނބޯ އަދި އަސޭމިރުސް
އަސޭމިރުސް ތެރެއަށް ލުނބޯ ފިތައިގެން ބޭނުންކުރުމަކީ އަވަހަށް ރޯގާ ރަނގަޅުވެގެންދާނެ ކަމެކެވެ. އަދި އަސޭމިރުސްގެ ބަދަލުގައި ނޫޑްލްސް ޕެކެޓުގައި ހުންނަ ސޫޕް ޕެކެޓް ބޭނުން ކުރުމުން ވެސް ރޯގާ އަވަހަށް ރަނގަޅުވެ އެވެ.
އާވިއެރުވުން
އާވިއެރުވުމަކީ މިއަދު ގިނަ ބަޔަކު ރޯގާ އިން ސަލާމަތްވުމަށް ހޯދާ އެންމެ ފަސޭހަ އެއް މަގެވެ. ޓިޝޫގައި އާވި ތެޔޮކޮޅެއް ހާކާލުމަށް ފަހު އެއިން ވަސް ބެލުމަކީ ވެސް ފަސޭހަވާނެކަމެކެވެ. ގޭގައި އާވި އަރުވަން ދަތި ނަމަ ހޮސްޕިޓަލްގައި ވެސް މިއަދު އެކަން ފަސޭހަ ކަމާއެކު ވާނެއެވެ.
މައުލޫމާތު: ވެބްއެމްޑީ