26 Nov 2017, 10:27
ޖަޕާނުގެ ޕާލިމެންޓްރީ ވައިސް މިނިސްޓަރު ފޯ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މިސްޓާ އިވާއޯ ހޯރީ ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ފަޒީލް އެވެ.
Warm welcome to the Parliamentary Vice Minister for Foreign Aff of#JapanHE Mr Iwao Horiihttps://t.co/zDJf9sybMU
— Mohamed ASIM (@ASIM_MDV)November 26, 2017
މި ދަތުރުފުޅަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވެސް ދާދިފަހުން ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.