ބޮލީވުޑްގެ ކުޅަދާނަ ބަތަލު ޝާހިދު ކަޕޫރާ މަޝްހޫރު ފިލްމީ ބަތަލާ ކެޓްރީނާ ކައިފް އާ އެކީ ފިލްމެއް ކުޅެން އުޅޭ ކަމަށް ބޭރުގެ ނޫސްތަކުން ބުނެފި އެވެ.

"ޑެކޭން ކްރޯނިކަލް" އަށް ދިން އިންޓަވިއުއެއްގައި ޝާހިދު ބުނީ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ "ބައްތީ ގުލް މީޓާ ޗާލޫ" ފިލްމުގެ ބަތަލާއަކަށް ހަމަޖައްސަން އުޅެނީ ކެޓުރީނާ ކައިފް ކަމަށާއި ނަމަވެސް ޝާހިދު އެކަމަށް އިންކާރު ކުރި ވާހަކަ ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަ އެއް ކަމަށެވެ.

ޝްރީ ނާރަޔަން ބުނީ ފިލްމުގައި ހަރަކާތްތެރިވާނެ އަންހެން ބަތަލާ އަދި 'ފައިނަލް' ނުކުރާ ކަމަށާއި ބަތަލާ އަކަށް ފަހަރުގައި ކެޓްރީނާ ވެސް ހަމަޖައްސައިފާނެ ކަމަށެވެ.

އޭނާ ބުނީ ކެޓްރީނާ އެ ފިލްމުގައި ހަރަކާތްތެރިވާން ނެގި ކަމުގައިވީ ނަމަވެސް ޝާހިދު އެކަމާ އެއްވެސް ދެކޮޅެއް ނުވާނެ ކަމަށެވެ.

ކެޓްރީނާ އެ ފިލްމްގައި ހަރަކާތްތެރިވާ ނަމަ މިއީ އެ ދެ ތަރިން ފިލްމެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ފިލްމުގައި ޝާހިދު ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ. ކަރަންޓު ބިލު ބޮޑުވުމާ ގުޅޭ މައުލޫއަކަށް އުފައްދާ ފިލްމް ރިލީޒް ކުރަން ހަމަޖައްސާފައި ވަނީ އަންނަ އޯގަސްޓްގެ 31 ގަ އެވެ.