19:00


މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މީހާކު މިއަދު ހެދުނު ގަހަކުން ވެއްޓި މައިބަދަ ބިންދައިގެން ހިނގައްޖެ އެވެ.


އައިޖީއެމްއެޗުން ބުނީ އުމުރުން 36 އަހަރުގެ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ. އަދި އޭނާގެ މައިބަދަ އޮޕަރޭޝަން ކުރުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށާއި މައިބަދަ ބިންދައިގެން ދިއުމުގެ އިތުރުން އެހެން އެއްވެސް ގެއްލުމެއް އޭނާ އަށް ލިބިފައިނުވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އަދި އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.


އެކަމާ ގުޅިގެން އެއާޕޯޓްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.