25 Nov 2017, 20:22
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ވެލިދޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕު ތިނެއްގެ މެޗު ހޮޅުދޫ އިން ކާމިޔާބުު ކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ވެލިދޫ އާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ ހޮޅުދޫ--
ދެވަނަ ހާފުގައި ހޮޅުދޫ އިން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ނަތީޖާ އަކަށްވީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު ޒަމީރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރުމުވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ޒަމީރު ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ދެވަނަ ފަހަރަށް ހޮޅުދޫ އަށް ލީޑު ނަގައިދީފައެވެ. ހޮޅުދޫގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތު ޖަހައިދިނީ މޫސާ އިބްރާހިމް އެވެ.
ގްރޫޕު ތިނެއްގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ގްރޫޕުގެ އެއް ވަނައިގައި އޮތް ހޮޅުދޫ އަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ވެލިދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މާޅެންދޫ އަދި ހަތަރު ވަނައިގަ އޮތް ޅޮހީ އަށް އެއް މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ވެލިދޫ އާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ ހޮޅުދޫ--
މުބާރާތުގައި މާދަމާ ވެސް ކުޅޭނީ ގްރޫޕް ތިނެއްގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޅޮހީ އާއި މާޅެންދޫއެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.