06 Aug 2011, 20:26
ސައިކަލަކާއި ވޭނެއް ޖެހި މިއަދު ހަވީރު މާލޭގައި އެކްސިޑެންޓެއްވެ، ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ގެއްލުންތައް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މެންދުރު ފަހު 3:30ގައި އެކްސިޑެންޓް ހިނގީ އަމީނީމަގު ހެޕީ މާކެޓް ކައިރިން ކަމަށައި އެ އެކްސިޑެންޓްގައި ބޯ ފަޅައިގެން ދިޔައީ ސައިކަލް ދުއްވަން އިން މީހާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައެއްތަންތަން މަށައިގެން ވެސް ގޮސްފައި ވެއެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލާއި ވޭނަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ ބޯފަޅައިގެންދިޔަ މީހާގެ ޒަހަމްތަކަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އޭނޭގެ ޒަހަމްތައް ސީރިއަސް ނޫން ކަމަށެވެ.