23 Nov 2017, 13:12
އިސްރާއިލުގެ ޔަހޫދީއަކު މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ވަދެ ފޮޓޯ ނަގައި އާންމުކުރުމުން ޓުވިޓާގައި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.
ރަޝިއާއަށް އުފަން އިސްރާއިލުގެ ރައްޔިތެއް ކަމަށްވާ ބެން ޒިއޯން ވަނީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ނަގާފައި ފޮޓޯ ޓުވިޓާގައި ޝެއާކޮށްފަ އެވެ. އަދި ފޮޓޯގައި ބުނީ ސައުދީގެ ރައްޔިތުން ތިބީ އިސްރާއިލުގެ ރައްޔިތުންނާ އެކުއެކީގައި ކަމަށެވެ. މަދީނާގެ އިތުރުން ލުބްނާނާއި އިރާނާއި އުރުދުންގައި އޭނާ ނަގައިފައިވާ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ.
ބެން ޒިއޯން މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރި ކަމުގައި ވިޔަސް އެ މިސްކިތަށް މުސްލިމްނޫން މީހުން ވަނުމަކީ މަނާ ކަމެކެވެ. ނަަމަވެސް ބެން ބުނީ އެ މިސްކިތް އޮތީ މުސްލިމް ނޫން މީހުންނަށް ހުޅުވާލާފައި ކަމަށެވެ.
ބެން ޒިއޯން ބުނީ ޔަހުދީއަކަށް ވީތީ އަރަބިންގެ އެއްވެސް މީހެއްގެ ފަރާތުން އޭނާ އަށް އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ފެނިފައިނުވާ ކަމަށެވެ. އަދި ބުނީ އަރަބިން އިސްރާއިލުގެ ރައްޔިތުން ދެކެ ވަަރަށް ބޮޑަށް ލޯބިވާ ކަމަށެެވެ.
ފޮޓޯތައް ޕޯސްޓް ކުރިތާ 24 ގަޑިއިރު ތެރޭ ޓުވިޓާ ހީވީ ކެކިގެން ދިޔަހެންނެވެ.
ޔަހޫދީ ޒަޔަނިސްޓަކު މަސްޖިދުއް ނަބަވީގައި ހުރިއިރު ސައުދީއަރަބިއްޔާ ކޮންޓްރޯލް ކުރަނީ ވެސް ޔަހޫދީން ކަމަށް ޓުވިޓާގައި ގިނަ ބަޔަކު ބުނެ ޝުއޫރު ފާޅުކޮށްފައިވެ އެެވެ.
ބެން މަދީނާގައި ނަގާފައިވާ ފޮޓޯތައް އާންމުކުރި ދުވަސްވަރަކީ ސައުދީ އަރަބިއްޔާއާ ސައުދީއާ ދެމެދު މިއިން ޒަމާނަކު ވެސް ގުޅުން ބަދަހިވެފައިނުވާ ވަރަށް ގުޅުން ބަދަހިވެފައިވާ ކަން އިސްރާއިލުން ބުނި ދުވަސްވަރު ވެސް މެ އެވެ. ދާދި ފަހުން އިސްރާއިލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ވެސް ވަނީ އިރާނާ ކުރިމަތިލުމުގެ ގޮތުން ޖާސޫސީ މައުލޫމާތު ސައުދީއާ ހިއްސާކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.