މާލޭގައި ރޭ ފިހާރައެއް ފަޅާލައި ވައްކަންކޮށްފިއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަޅާލައި ވައްކަންކޮށްފައިވަނީ މާފަންނުގައި ހުންނަ "މައި ޓެކް ކޯނާ" ފިހާރައެވެ.

މައިޓެކްގެ ކޯނާގެ އިސް ފަރާތަކުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ އަގު އެތަކެއް ލައްކައަށް އަރާނެ ކަމަށެވެ. އޭނާ ބުނީ އެ ހާދިސާގައި އެފިހާރައިގައި ހުރި ޝޯކޭސްތަކުގައި ހުރި ފޯނުތަކާއި އަތްދަބަސް ވަގަށް ގެންދިޔުމުގެ އިތުރުން އަގުބޮޑު ރިޕެއާ މެޝިންތަކާއި ކެމެރާ ސިސްޓަމްސް ވެސް ހަލާކުކޮށްލައިފައިވާ ކަމަށެވެ.

ފިހާރައިގައި އޭރު ހުރި 6000 ރުފިޔާވެސް ވަގަށް ގެންގޮސްފައިވާ ކަމަށް މައިޓެކުން ބުންޏެވެ.

މައިޓެކުން ބުނީ އެ ވައްކަންކޮށްފައިވަނީ ފިހާރައިގެ ދަގަނޑުތައް ކީހާލައިގެން ކަމަށެވެ.

އެ ހާދިސާ ހިނގިކަމަށް ލަފާކުރެވެނީ ފަތިހު ތިނަކާ ހަތަރަކާ ދޭތެރޭ ކަމަށްވެސް އެފިހާރައިން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ރޭ ފަތިހު 4:10 ގައި ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.